މީހުން މެރުން

މޭރީގެ މަރު: ލަމްހާ ބަންދުކުރަން ދައުލަތުން އެދިއްޖެ

ލަމްހާ ހައިކޯޓުގައި
100%
0%
0%

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ އަލުން ބަންދު ކޮށްދިނުމަށް ދައުލަތުން ހައިކޯޓުގައި އެދިއްޖެއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ލަމްހާ ބަންދު ކުރަން ދައުލަތުން އެދުނީ، އޭނާ ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލައިގެ އިސްތިއުނާފުގައި ހައިކޯޓުގައެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ހައިކޯޓުގައި މިއަދު އަލުން ފެށިއިރު، މި މައްސަލަ ހައިކޯޓުގައި ބަލަނީ ތިން އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ.

ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ދައުލަތުން އެދުނީ، ލަމްހާ، ޝަރުތުތަކަކާ އެކު ބަންދުން ވީއްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމެވުމެއް ކަމަށެވެ. އެހެންވެ ދައުލަތުން އެދުނީ ލަމްހާ ދޫކޮށްލަން ނިންމި ނިންމުން ބާތިލުކޮށް، އަލުން ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އެންގުމަށެވެ. އަދި ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންދެންވެސް ލަމްހާ ބަންދުކޮށްދޭން ހައިކޯޓުގައި ދައުލަތުން މިއަދު އެދުނެވެ.

އޮކްޓޫބަރު، 2021 ގައި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. މީގެތެރެއިން ލަމްހާ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ. މީގެ ކުރިންވެސް ލަމްހާ ދޫކޮށްލުމުން، އޭނާ އަލުން ބަންދު ކުރީ ހައިކޯޓުގެ އަމުރަކަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678