ހަބަރު

ވައްކަންކުރަން އުޅުނު މީހެއް އިމާރާތަކުން ވެއްޓި މަރުވެއްޖެ

ވައްކަންކުރަން މަސައްކަތްކުރި މީހެއް އިމާރާތަކުން ވެއްޓި މަރުވެއްޖެ އެވެ. ވެއްޓި މަރުވެފައިވަނީ، 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ވިދާޅުވީ، މ. ސަނީ ކޯސްޓު ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓުނު ރިޕޯޓް ފުލުހުންނަށް ރޭ 3:20 ހާއިރު ލިބުނު ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދެވުނުތާ މާ ގިނަ އިރުތަކެއް ނުވެ މަރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ހާދިސާގައި މަރުވެފައިވަނީ މ. ސަނީ ކޯސްޓު މީހެއް ނޫނެވެ. އެނގިފައިވާ ގޮތުގައި މަރުވި މީހާއަކީ އެގެއިން ވައްކަން ކުރަން އުޅުނު މީހެކެވެ.