ޑރ. މުހައްމަދު މުއިއްޒު

ލަންކާއާއި ރާއްޖެއާ ދެމެދު އޮތީ ހާއްސަ ގުޅުމެއް: ރައީސް

Feb 4, 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮތީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ހާއްސަ ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދެ ގައުމުގެ ދެމެދު އޮތީ އެއްގޮތް ސިޔާސަތުތަކަކާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ގުޅުމެއް ކަމަށެވެ.

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓްގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސްގެ ޕޯސްޓްގައި ވަނީ ލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސުރިޔާއަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910