ޑާކް ރެއިން

ޑާކް ރެއިންގެ "ފެށުމާއި ނިމުން"ގެ ކާސްޓުން ދައްކާލައިފި

ރާއްޖޭގައި މިވަގުތު ފިލްމީ ދާއިރާގައި އެންމެ ގިނަ މަސައްކަތްތައް ކުރަމުންދާ ސްޓޫޑިއޯ -- ޑާކް ރެއިން އެންޓައިންމަންޓްގެ އާ ސީރީޒް "ފެށުމާއި ނިމުން"ގެ ކާސްޓުން ދައްކާލައިފި އެވެ.

ފެށުމާއި ނިމުންގެ އާ ކާސްޓުންގެ ތެރޭގައި މައިގަނޑު ރޯލްތަކުން ފެންނާނީ މޫސާ އަލީފާއި، އައިމިނަތު ޝުހާ އާއި، ޝަރަފް އަބްދުﷲއާއި، ހުސައިން ސާމީގެ އިތުރުން ދަރާ މުހައްމަދު ރަޝީދު އެވެ.

ޑާކް ރެއިންގެ އާ ސީރީޒްގެ ސްކްރީން ޕްލޭ ލިޔަނީ މަޝްހޫރު ޕްރެޒެންޓަރު އަދި ޝަރަފްގެ އަންހެނުން ޝަހުދާ މަހުމޫދު އެވެ. ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ޑާކް ރެއިން އިން މައުލޫމާތު ދޭ ގޮތުގައި ފެށުމާއި ނިމުން އަކީ 10 އެޕިސޯޑް ހިމެނޭ ސީރީޒް އެކެވެ.

ޑާކް ރެއިން އިން މިއަހަރު ޕްރިމިއާ ކުރާނެ ފުރަތަމަ ފިލްމު ކަމަށްވާ "ޕްރޮޖެކްޓް 37"ގެ ޝޫޓިން މިދިޔަ ހަފްތާގައި ވަނީ ނިންމާލާފަ އެވެ.