މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

މުދަލުގެ އަގުތައް އެނގޭނެ "އަގުމަގު" ޕޯޓަލް ލޯންޗްކޮށްފި

0%
0%
0%

ރޯދަ މަހާ ދިމާކޮށް ރައްޔިތުންނަށް ކާބޯތަކެތީގެ އަގުތައް ފަސޭހައިން ބެލޭނެ ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން "އަގުމަގު"ގެ ނަމުގައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް ރޭ ރަސްމީކޮށް ލޯންޗްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި އެޕްލިކޭޝަންގެ މައިގަނޑު މަގުސަދަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ލިބެން ހުރި ތަންތަން ބުނެދިނުމެވެ.

އިކޮނަމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ޕޯޓަލްގެ ޒަރީއާއިން ރައްޔިތުންނަށް އެއްތަނަކުން ކާބޯތަކެތީގެ އަގުތައް ބެލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޕޯޓަލްގައި ހިމެނޭ މައުލޫމާތުތައް އަޕްޑޭޓްކުރަނީ އިކޮނަމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމްތަކުން ހަފްތާއަކު އެއްފަހަރު ތަފާތު ފިހާރަތަކަށާއި ބާޒާރުތަކަށް ޒިޔާރަތްކޮށް އެއްކުރާ ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށެވެ.

ޕޯޓަލް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ މި އެޕްލިކޭޝަން ޑިޒައިންކޮށްފައިވަނީ ރައްޔިތުންނަށް ގޭގައި ތިބެގެން ކާބޯތަކެތީގެ އަގުތައް ފަސޭހައިން ބެލޭނެ ގޮތަށް ކަމަށެވެ. މި ޕޯޓަލްގައި ހިމަނާފައިވާ ކާބޯތަކެއްޗަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަނޑައަޅާފައިވާ އަސާސީ ބާވަތްތަކެއް ކަމަށްވެސް ބުންޏެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރިވެރިންނަށް އެ މީހުން އަމިއްލައަށް އެޕްލިކޭޝަނަށް ވަދެ އަގު ޖަހާލުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

"މިއީ ހަމައެކަނި ފެށުމެއް. އަޅުގަނޑުމެންގެ އަމާޒަކީ މި ޕްލެޓްފޯމް އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް އެންމެ ހެޔޮ އަގުގައި ތަކެތި ލިބޭނެ ތަންތަން ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުން،" ސައީދު ވިދާޅުވި އެވެ.

މިވަގުތު މި ޕޯޓަލްގައި ހިމަނާފައިވަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުގައި ވިއްކަން ހުރި މުދަލުގެ އަގުތަކެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުތަކުގެ ރަށްރަށުގައި ހިންގާ ފިހާރަތަކުން ވިއްކާ މުދަލުގެ އަގުތައްވެސް ޕޯޓަލްގައި ހިމެނުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910