މުހައްމަދު ސައީދު

"ގޮންޖެހުންތަކުން އަރައިގަނެވިއްޖެ، އިގްތިސާދު ދަނީ ރަނގަޅުވަމުން"

ޗައިނާއާއެކީގައި ވި އެފްޓީއޭގެ އެއްބަސްވުމުގެ ތެރެއިން، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު
0%
0%
0%

ރާއްޖޭގެ އިގްތިސާދު މިހާރު ހުރި ހާލަތަށް ބަލާއިރު ކުރިން ހުރި ގޮންޖެހުންތަކުން އަރައިގަނެވި، އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ދއުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މި ސަރުކާރަށް ވެރިކަން ލިބުނުއިރު އިގްތިސާދީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. ނަމަވެސް މިހާރު އެ ހާލަތު ވަނީ ރަނގަޅުވެފައި ކަމަށާއި، އާ މަޝްރޫއުތަކެއް ފެށި، ގައުމު ދަނީ ކުރިއަރަމުން ކަމަށް ވިދާޅުވި އެވެ.

އެގޮތުން އެއާ އެމްބިއުލާންސްގެ މަސައްކަތާއި، ވައިޑް ބޮޑީ އޮޕަރޭޝަންގެ ދަށުން ޗައިނާ އިން ސީދާ ފަތުރުވެރިން އަންނަން ފެށުމާއި، ވަޒީފާގެ ބާޒާރަށް އައި ތަނަވަސްކަން ފާހަގަކުރެއްވި އެވެ. އަދި އުމްރާނީ ގިނަ މަޝްރޫއުތަކެއް ފެށިފައިވާ ކަމަށް ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ މިއަހަރަކީ އިގްތިސާދީ ގޮތުން ވަރަށް ހަރަކާތްތެރި އަހަރަކަށް ވާނެ ކަމަށެވެ. އަދި ބަޖެޓުގައި ހިމެނޭ މަޝްރޫއުތަކުގެ އިތުރުން ބަޖެޓުން ބޭރުންވެސް އެކި ސިނާއަތްތަކުގެ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

ހއ. އަދި ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިތުރު އެނދުތަކެއް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި، އެ ސަރަހައްދުގައި އިކޮނޮމިކް ގޭޓްވޭގެ މަސައްކަތްވެސް ފެށޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910