މުހައްމަދު ސައީދު

ގައުމު ނުދަރާ ކުރިއަށް ދިއުމަކީ އެންމެ ބޮޑު ކާމިޔާބީ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ގައުމު ނުދަރާ ކުރިއަށް ދިއުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިއިރު އިގުތިސާދު އޮތީ ވަރަށް ދަތި އުނދަގުލެއްގައި ކަމަށެވެ.

އެ ހާލަތު ހަމަމަގަށް އަޅުވައި ގައުމު ނުދަރާ މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށްވެސް ރާއްޖޭގެ އިގުތިސާދާމެދު އިތުބާރު އުފެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި ވަޒީރު ސައީދު ވިދާޅުވީ މި އަހަރުގެ ތެރޭގައި ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަތުރުވެރިކަމުގެ އިތުރު އެނދުތައް ތަރައްގީކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.

މީގެ އިތުރުން މި އަހަރަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކާއި ބަޖެޓުގެ ބޭރުން އެކި ސިނާއަތްތަކުގައި މަޝްރޫއުތައް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910