މުހައްމަދު ސައީދު

ވިޔަފާރި މަޝްވަރާތަކަށް ސައީދު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ

ކ. ފުނަދޫ އާއި އިހަވަންދިއްޕޮޅުގައި އެސްއީޒެޑް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީއާ އެކު ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ
0%
0%
0%

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސައީދުގެ މިދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ސައީދު އިނގިރޭސިވިލާތަށް ކުރައްވާ މިދަތުރުފުޅަކީ ވިޔަފާރީގެ މަޝްވަރާތަކެއް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

"ޔޫކޭއަށް އަޅުގަނޑުމެން މިދާ ދިއުމުގައި ފައިނޭންޝަލް އެސޯސިއޭޝަންތަކާއި އިންވެސްޓްމަންޓް އެސޯސިއޭޝަންތަކާއި ފައިނޭންޝަލް ސެކްޓާގައި ހިމެނޭ ބޭފުޅުންނާ އެކު ޓޭބަލް ޑިސްކަޝަންތަކެއް ކުރިއަށްދާނެ،" ސައީދު ވިދާޅުވި އެވެ.

ކ. ފުނަދޫ އާއި އިހަވަންދިއްޕޮޅުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ -- އިފްޒާ އާއެކު ސޮއި ކުރެއްވުމަށްފަހު ސައީދު ވިދާޅުވީ އިނގިރޭސިވިލާތާ އެކު ގާތުން މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.

ރަސްމީ ދަތުރުފުޅެއްގައި މިއަހަރުގެ ޖުލައި 10 ވަނަ ދުވަހު އެމެރިކާގެ ވޮޝިންޓަނަށްވެސް ސައީދު ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910