ހަބަރު

މެލޭޝިޔާގައި އުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވަނީ

އަންނަ ހޯމަ ދުވަހުގެ ރޭ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން މެލޭޝިޔާގައި ދިރިއުޅެމުންދާ ދިވެހިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އަންނަ ހޯމަ ދުވަހުގެ ރޭ 7:00ގައި ގްރޭންޑް ހަޔަޓް، ކުއަލަ ލަމްޕޫރުގަ އެވެ. މި ބައްދަލުވުން އިންތިޒާމް ކޮށްފައިވަނީ މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުންނެވެ.

އަންނަ ހޯމަދުވަހުގެ ރޭ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ނިންމާފައިވާއިރު އެމަނިކުފާނު މިހާރު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރުގަ އެވެ.

އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. މިއީ ރައީސްއަށް އަމާޒުކޮށް ދެވުނު ހަމަލާއަށް ފަހު އެމަނިކުފާނު ބޭރަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ތައިލެންޑަށާއި ސިންގަޕޫރަށް އެ ދެކަނބަލުން ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.