ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރައީސްގެ މަންދޫބެއްގެ ގޮތުގައި ޑރ. ޝަހީމް ގެމްބިއާއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގެމްބިއާ އަށް ފުރާވަޑައިގެންފި އެވެ.

ޑރ. ޝަހީމްގެ މިދަތުރުފުޅަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 15 ވަނަ އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އޯއައިސީގެ ސަމިޓުގައި ޑރ. ޝަހީމް ތަގުރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ގެމްބިއާގެ ވެރިރަށް ބަންޖުލްގައި އޯއައިސީ ސަމިޓް ކުރިއަށްދާނީ މިމަހުގެ 4 އިން 5 އަށެވެ.

މި ސަމިޓުގައި 57 ގައުމެއްގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިސަމިޓުގެ ތީމަކީ މަޝްވަރާކުރުމާ އެކު ގުޅުންތައް ބަދަހިކޮށް ދެމެހެއްޓެނިިވި ތަރައްގީއަށް މަސައްކަތް ކުރުމެވެ.