ހަބަރު

މާލޭގެ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެ އަނދައިފި

Mar 23, 2016
1

މާލޭ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މީގެ އިރުކޮޅެއް ކުރިން، ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ ކަޅުތުއްކަލާކޮށްޓާ ދިމާލުން ފަޅުތެރޭގައި އޮތް ލޯންޗެއްގަ އެވެ. އެ ލޯންޗްގައި ރޯވީ އިރު އެއްވެސް މީހަކު އޭގައި ނެތެވެ. ރޯވިތާ އިރުކޮޅެއް ނުވެ އަލިފާންގަނޑު ވަނީ ނިއްވާލައިފަ އެވެ. އަލިފާން ނިންވާލި އިރު ލޯންޗްގެ ޝީޓްތައް ވަނީ އެކީ އަނދައިފަ އެވެ.

ލޯންޗްގައި ރޯވި ސަބަބެއް އަދިވެސް ނޭނގެ އެވެ.