ކޮންސްޓެންޓިނޯޕަލްއަކީ މިހާރުގެ ތުރުކީއާ ގުޅިފައިވާ ތަނެކެވެ. ހަތްވަނަ ގަރުނުގައި އާބާދުވި މި ޝަހަރަކީ، ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ ސްޓްރެޓެޖިކް މުހިއްމު ސަރަހައްދެކެވެ. ގުދުރަތީ ބަނދަރެއް ލިބިފައިވާތީ މި ތަނަކީ ޒަމާނުއްސުރެ ވިޔަފާރީގެ މަރުކަޒެކެވެ.
މީލާދީ 330 ވަނަ އަހަރު ރޯމަން އެމްޕަރާ ކޮންސްޓެންޓައިން ވަނީ "ނިއު ރޯމް"ގެ ގޮތުގައި މި ސަހަރު ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ. އެކަން ކުރީ އެ ސަރަހައްދު 14 ބަޔަށް ބަހާލައި ފާރުތަކެއް ބިނާކޮށްގެންނެވެ. ތަން ތަރައްގީ ކުރީ ރޯމުގައި ތިބި ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރާއި ފަންނު ވަރަށް ބޮޑަށް ބޭނުންކޮށްގެންނެވެ. މިސަރަހައްދަށް ފެން ގެނައުމަށް އެކުއެޑަކްޓް ނިޒާމެއްވެސް އޭރު ގާއިމުކުރި އެވެ.
މި ސަރަހައްދަކީ އާކިޓެކްޗާގެ މަސައްކަތްތަކަށް ބެލި ނަމަވެސް މުއްސަނދި ތަނެކެވެ.
ބޮސްޕޮރަސް ކަނޑުގެ ހުޅަނގު ފަރާތުގައި މި ސިޓީ ބިނާކުރުމުގެ ކުރިން މިތަނަށް ކިޔަނީ ބައިޒަންޓިއަމް އެވެ. އޭރު އެތަނަކީ ބައިޒަންޓައިން އެމްޕަޔާގެ ވެރިކަމުގެ މަރުކަޒެކެވެ. ފަހުން މި ސިޓީ ރޯމަން ގާނޫނުތަކުގެ ދަށުން ހިންގައި ގޮތަށް ހަމަޖައްސައި ގްރީކް ބަހަކީ މައި ބަހަށް ހެދި އެވެ.
ރޯމަން އެމްޕަރާ ޖަސްޓީނިއަން އެއްވަނައިގެ ވެރިކަމުގައި މިސަރަހައްދަށް ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިނެވެ. ޖަސްޓީނިއަން ކޯޑް އެކުލަވާލައި ގާނޫނީ ނިޒާމަށް ބޮޑު ބަދަލެއް ގެނައީވެސް އެ ދުވަސްވަރު އެވެ.
މި ސިޓީގެ މަޝްހޫރު ތަންތަނުގެ ތެރޭގައި ހިޕޯޑްރޯމް އަދި ހަގިއާ ސޯފިއާ ހިމެނެ އެވެ. ހިޕޯޑްރޯމްގައި ޗެރިއެޓް ރޭސްތައް ބޭއްވި އެވެ. ހަގިއާ ސޯފިއާއަކީ ޖަސްޓީނިއަންގެ ވެރިކަމުގައި ބިނާކުރެވުނު މަޝްހޫރު ފައްޅި އެކެވެ.
ކޮންސްޓެންޓިނޯޕަލްއަކީ ބައިނަލްއަގްވާމީ ވިޔަފާރީގެ މަރުކަޒަކަށް ވާތީ އެތަނުގެ ބާރުވެރިކަން ހޯދަން އެކި ދުވަސްވަރު އެކި ހަނގުރާމަތައްވެސް އެ ސަރަހައްދުގައި ކޮށްފައިވެ އެވެ.
ރަސްމީކޮށް 1930 ވަނަ އަހަރު ތުރުކީ އުފެއްދުމަށްފަހު ކޮންސްޓެންޓިނޯޕަލްގެ ނަން ރަސްމީކޮށް އިސްތަންބޫލަށް ބަދަލުކުރި އެވެ. މިއަދުވެސް އެތަނުގެ ނަމަކީ އިސްތަންބޫލް އެވެ.