މިނިސްޓްރީ އޮފް ޓޫރިޒަމް

ހދ. އަތޮޅާއި ތ. އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރަން ހާއްސަ ޕްރޮގްރާމެއް

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ހދ. އަތޮޅާއި ތ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް އިސްކަންދީގެން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ފެށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ މިވަގުތު ރާއްޖޭގައި އެންމެ ރިސޯޓެއް އޮތް ދެ އަތޮޅަކީ ހދ. އަތޮޅާއި ތ. އަތޮޅު ކަމަށެވެ. އެހެންކަމުން އެ ދެ އަތޮޅުގައި ޓޫރިޒަމް ތަރައްީކުރުމަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ.

"ހދ. އަތޮޅަށް ހާއްސަކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓަރުން ހޯދުމަށް އަޅުގަނޑުމެން އަންނަ މަހުގެ ކުރީކޮޅު ފުރުސަތު ހުޅުވާލާނެ. މި ޕްރޮގްރާމުގެ ދަށުން އިންވެސްޓަރުންނަށް ހާއްސަ އިންސެންޓިވްތަކެއް ލިބިދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ތ. އަތޮޅަކީވެސް އެންމެ ރިސޯޓެއް އޮތް އަތޮޅަކަށް ވާތީ އިތުރު "އިންސެންޓިވްސް" ދީގެން އެ އަތޮޅުގައިވެސް ފަތުރުވެރިކަން ތަރައްގީކުރުމަށް ހާއްސަ ފުރުސަތުތަކެއް ހުޅުވާލެވޭނެ ކަމަށެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ގއ. އަދި ގދ. އަތޮޅުގައިވެސް ޓޫރިޒަމް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ވައުދާ އެއްގޮތަށް މަސައްކަތްކުރުމަށްޓަކައި ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި ބައެއް އިސްލާހުތައް ރައީސް މުއިއްޒު ވަނީ މިދިޔަ ބުދަ ދުވަހު ތަސްދީގުވެސް ކުރައްވާފަ އެވެ.

ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭނެ އުސޫލުތަކެއް ހިމެނެ އެވެ. އަދި ރިސޯޓްތައް ރީ-ޑިވެލޮޕްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ ސަލާމަތީ އަދި ހިންގުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ އިސްލާހުތަކެއް ހިމެނެ އެވެ.

އިސްލާހުތަކަށް އަމަލުކުރަން ފެށުމާއެކު "ޓޫރިޒަމް ޓްރަސްޓް ފަންޑު"ގެ ނަމުގައި އާ ފަންޑެއް އުފެދި ކުރިން ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ހިންގަމުން އައި "ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑު" ގައި ހުރި ފައިސާ އާ ފަންޑަށް ބަދަލުވެގެންވެސް ދާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345