ލައިފްސްޓައިލް

މާބަނޑު މީހުންނާއި ކުޑަކުދިން ޑާކް ޗޮކްލެޓް ކެއުމާ ދުރުވޭ!

ބައެއް މީހުން ޑާކް ޗޮކްލެޓް ކަނީ އޭގައި ހަކުރުގެ ބައި މަދުވީމަ އާއި ރަހަ މީރުކަމުންނެވެ. ނަމަވެސް މާބަނޑު މީހުންނާއި ކުޑަ ކުދިންނަށް ޑާކް ޗޮކްލެޓަކީ ރަނގަޅު އެއްޗެއް ނޫންކަމަށް ސައިންސްވެރިންގެ ހޯދަމުން ވަނީ ހާމަވެފަ އެވެ. ކޮންސިއުމާ ރިޕޯޓްސް ކިޔާ މުޅިން އާ ހޯދުމެއް ބުނާ ގޮތުން މިހާރު ދުނިޔޭގެ ބާޒާރުގައި ހުރި ޑާކް ޗޮކްލެޓްގެ ބާވަތްތަކުގެ ތެރެއިން ވަރަށް ގިނަ ބާވަތުގެ ޗޮކްލެޓްގައި ހެވީ މެޓަލްސް އެބަހުއްޓެވެ. ހާއްސަކޮށް ލެޑް އާއި ކެޑްމިއަމް އެވެ. މި ދެ ބާވަތަކީ ވެސް ސިއްހަތަށް ނުރައްކާ ކުރާ ދެ ބާވަތެވެ.

ޙާޝޭޒް، ލިންޑްޓް، ތިއޯ ޗޮކްލެޓް އަދި ޓްރޭޑާ ޖޯޒް ފަދަ ބްރޭންޑްތަކުގެ ޑާކް ޗޮކްލެޓްގައި ވެސް މި ދެ ބާވަތުގެ މެޓަލްސް އެކަށީގެންވާ ވަރަށް ވުރެ ގިނައިން ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ހުރިހާ ޗޮކްލެޓެއްގައި ވެސް ކޮންމެވެސް މިންވަރަކަށް މި ދެ ބާވަތް ހިމެނެ އެވެ. ނަމަވެސް ބައެއް ޑާކް ޗޮކްލެޓްގައި މި ބާވަތްތައް ހިމެނޭލެއް ތަންކޮޅެއް ގިނައީ އެވެ.

މިސާލަކަށް ޓްރޭޑާ ޖޯޒް ޑާކް ޗޮކްލެޓް ލަވާޒް ޗޮކްލެޓް ބާއެއްގައި 127 ޕަސެންޓް ލީޑް އަދި 229 ޕަސެންޓް ކެޑްމިއަމް އެކުލެވިގެން ވެއެވެ. މިއީ ހުއްދަ ކުރެވިފައިވާ އެންމެ މަތީ މިންވަރު ނަމަވެސް މާ ގިނައިން މި އެއްޗެތި ކެއުމުން ހަށިގަނޑަށް ގެއްލުންވާ ގޮތް ވަނީ އެވެ.

"އާދަވެ ގިނަ މުއްދަތަކަށް މި ބާވަތުގެ ހެވީ މެޓަލްސް ހަށިގަނޑު ތެރެއަށް ދާނަމަ ސިއްހީ ތަފާތު މައްސަލަތައް ދިމާވާނެ. ޚާއްސަކޮށް މާބަނޑު އަންހެނުންނާއި ކުޑަކުދިން މި ތަކެތި ކެއުން ރަނގަޅެއް ނޫން. އެއީ މި ބާވަތުގެ ހެވީ މެޓަލްސް އިން ހަށިގަނޑުގެ ހެދި ބޮޑުވުމަށާއި ސިކުނޑި ތަރައްގީވުމަށް މައްސަލަތައް ދިމާވެ އައިކިއު ލެވެލް ދަށްވާތީ،" މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ރިޕޯޓުގައި އިތުރަށް އޮޅުން ފިލުވައިދީފައިވާ ގޮތުގައި މިލްކް ޗޮކްލެޓުން މި މައްސަލަ ދިމާނުވަނީ ޑާކް ޗޮކްލެޓްގައި ގުދުރަތީ ގޮތުން ކަކާއު ނުވަތަ ކޮކޯ ކޮންޓެންޓް މަތިކަމުންނެވެ. އަދި މެޓަލްސް އިތުރުވުމާއި ކޮކޯ އާ ގުޅުންހުރީމަ އެވެ.