މުހައްމަދު ޝަމްއާން ވަހީދު

އިމިގްރޭޝަންގެ ވެރިޔާ ޝަމްއާން މަގާމުން ވަކިކޮށްފި

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށްފި އެވެ.

ޝަމްއާން އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކުރި ނަމަވެސް ސަރުކާރުން މިހާތަނަށް އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

ޝަމްއާން މަގާމުން ވަކިކުރި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އިމިގްރޭޝަންގެ ވެރިޔާގެ މަގާމަށް ޝަމްއާން އައްޔަންކުރީ ނޮވެމްބަރު 19، 2023 ގައެވެ.

ޝަމްއާން ވަނީ އިމިގްރޭޝަންގައި 14 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން އޭރު އޭނާ އިމިގްރޭޝަނުން ވަކިވެސް ކުރެއްވި އެވެ. އެކަމަކު ޝަމްއާން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން ޓްރައިބިއުނަލުން ވަނީ އޭނާއަށް އަލުން ވަޒީފާ ދިނުމަށް އަމުރުކޮށްފަ އެވެ.