މޯލްޑިވްސް އިމިގްރޭޝަން

ކުރިން ޤާނޫނު ތަންފީޒު ނުކޮށް އޮތުމަކީ ހުއްޖަތެއް ނޫން: ޝަމްއާން

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު -- ފޮޓޯ: އަވަސް
0%
0%
0%

މީގެ ކުރިން ގާނޫނު ތަންފީޒު ނުކޮށް އޮތުމަކީ މިއަދު ހަމަ އެގޮތަށް އޮންނަންވީ ހުއްޖަތެއް ނޫން ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި ޝަމްއާން ވިދާޅުވީ ގާނޫނު ހަދާފައިވަނީ އެކެއް ނުވަތަ ދެ މީހަކަށް ފަސޭހަވާ ގޮތަކަށް ނޫން ކަމަށާއި އާންމު އެންމެހާ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

ކޮންޓްރޯލާ ވިދާޅުވީ ގާނޫނުތައް ތަންފީޒުކުރުމުން ހިތްހަމަނުޖެހޭ ބަޔަކު އުޅެދާނެ ކަމަށާއި ނަމަވެސް އެންމެންގެ ރައްކާތެރި ކަމަށްޓަކައި އެ އިދާރާއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރާނެ ކަމަށެވެ.

"އެންމެންގެ ރައްކާތެރިކަމަށްޓަކައި އިމިގްރޭޝަނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ޝަމްއާން ވިދާޅުވި އެވެ.

އިމިގްރޭޝަނުން މިހާރު އަންނަނީ ކުރިން ކުރިއަށް ގެންގޮސްފައި ނުވާ ވަރުގެ ވަރުގަދަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ އިދާރާ އިން ކުރަމުންދާ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފްވެސް ލިބިފައިވެ އެވެ.

ނަމަވެސް ކުރިން ގާނޫނު އެންމެ ރަނގަޅަށް ތަންފީޒު ނުކޮށް އޮތުމުގެ ސަބަބުން މީހުން ވަނީ އިމިގްޜޭޝަނުން ކުރަމުން އަންނަ މަސައްކަތަަށް ކުރިން ފާޑުވެސް ކިޔާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910