އުރީދޫ

ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން މެލޭޝިއާ ދެކޮޅު ޓިކެޓް، އަވަހަށް އުރީދޫ މީމް ޗެލެންޖުގައި ބައިވެރިވެލާ

0%
0%
0%

ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓީކް އެއާ މެދުވެރިކޮށް ދެ މީހަކަށް މެލޭޝިއާ ދެކޮޅު ޓިކެޓް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި މެލޭޝިއާ ދެކޮޅު ޓިކެޓް ހޯދުމަށް ކަސްޓަމަރުން ކުރަން ޖެހޭ ކަމަކީ އުރީދޫ ކަރާ ފެޅުން ގޭމާއި ގުޅޭ ހެއްވާ މަޖާ ވީޑިއޯ، މީމް ނުވަތަ ރީލް ތައްޔާރު ކުރުމެވެ.

އުރީދޫ ކަރާ ފެޅުން ގޭމާއި ގުޅޭ ހެއްވާ މަޖާ ވީޑިއޯ، މީމް ނުވަތަ ރީލް ތައްޔާރުކޮށް ޕޯސްޓްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް މެލޭޝިއާ ދެކޮޅު ޓިކެޓު ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

ބައިވެރިވުމަށް

  • އެންޓްރީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުން
  • ހޭޝްޓެގް #OoredooKaraaFelhun ބޭނުންކުރުން އަދި
  • ޓެގް @ooredoomaldives އަދި @conciergegroupmaldives.mv

އުރީދޫ އިން ބުނި ގޮތުގައި މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 11:59ގެ ކުރިން މީމް ނުވަތަ ރީލް ޕޯސްޓްކުރަން ޖެހޭނެ އެވެ.

ރާއްޖޭގައި ބަޓިކް އެއާގެ އެކްސްކްލޫސިވް ޖެނެރަލް ސޭލްސް އެޖެންޓް ކޮންސިއާޖް ގްރޫޕް މޯލްޑިވްސް އިން އުރީދޫ މޯލްޑިވްސްއާ ގުޅިގެން މި ޗެލެންޖަށް ހުށަހަޅާފައިވާ އިނާމާއެކު މި ޗެލެންޖު އިތުރަށް ފުރިހަމަ ވެގެން ގޮސްފައިވާ ކަމަށް އުރީދޫ އިން ބުނެ އެވެ.

މި ޗެލެންޖް މެދުވެރިކޮށް ކަސްޓަމަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހުޅުވާލުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ޗެލެންޖުގެ އިތުރު ތަފްސީލް އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345