މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާފުށި ޖަލު -- ފޮޓޯ: އަވަސް
0%
0%
0%

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ މިއަދު ފެނުނީ ސ. މަރަދޫ، ފޯ ފްލާވަ، އިބްރާހިމް ޝަމްވީލް (23 އަހަރު) އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިއަދު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލް ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ހަވީރު 4:55 ހާއިރު އިބްރާހިމް ޝަމްވީލް މަރުވެފައިވާ ކަމަށް ޑޮކްޓަރު ވަނީ ކަނޑައަޅާފައި ކަމަށްވެސް ކަރެކްޝަންސް އިން ވަނީ މައުލޫމާތު ދީފަ އެވެ.

އިބްރާހީމް ޝަމްވީލް އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަ ކަމެއް ކޮށްފާނެ ކަމުގެ ކުށުގައި އެއް އަހަރާއި ހަ މަސް ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ.

އިބްރާހިމް ޝަމްވީލް މަރުވުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެކަން އަންގާފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345