މާފުށީ ޖަލު

މާފުށި ޖަލުގައި ގައިދީއަކު ދަންޖެހިގެން މަރުވެއްޖެ

މާފުށި ޖަލުގައި ގައިދީއަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ގ. އެއްތެޔޮމާގޭ، އަބްދުލް ޣަނީ އިސްމާއީލް (62 އަހަރު) އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތު ދިން ގޮތުގައި އަބްދުލް ޣަނީ އަކީ މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ކަރެކްޝަންސް އިން ބުނީ މިއަދު ހެނދުނު 6:52 ހާއިރު ޣަނީ ހުރި ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި ޑޮކްޓަރު ވަނީ 7:21 ގައި އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައި ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

ޣަނީ އަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ.

ޣަނީ މަރުވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އެ މައުލޫމާތު އަންގާފައި ކަމަށްވެސް އެ އިދާރާ އިން ބުނެ އެވެ.