ޠާރިގު އިބްރާހީމް

ރިސޯޓު ތަރައްގީކުރާ ފަޅަކަށް މިނިސްޓަރު ތޯރިގު ޒިޔާރަތްކުރައްވައިފި

ރިސޯޓު ތަރައްގީކުރަން އެމްއާރްއޭސީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ފަޅަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ޒިޔާރަތްކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިއީ އެ ސަރަހައްދުގައި ތަރައްގީކުރަމުންދާ ރިސޯޓުތަކުގެ މަޝްރޫއުގެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރު ތޯރިގު ކުރެއްވި ޒިޔާރަތެކެވެ.

މި ޒިޔާރަތުގައި މަޝްރޫއުގެ މުހިންމު ލަނޑުދަނޑިތަކުގެ މައުލޫމާތު މިނިސްޓަރު ތޯރިގާ ވަނީ ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން މަޝްރޫއުގެ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތްތަކާއި ހިއްކާފައިވާ ބިމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިނިސްޓަރު ތޯރިގު ބައްލަވާލެއްވި އެވެ.

މި ވަގުތު ރާއްޖޭގައި 180 ރިސޯޓު ހިންގަމުންދާއިރު މި އަހަރު އިތުރު ހަ ރިސޯޓެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.