އެމްޑީޕީ

އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސް އޮގަސްޓް 15ގެ ކުރިން ބާއްވަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގެ ތެރެއިން
0%
0%
0%

އިދިކޮޅު އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސްއެއް މިއަހަރުގެ އޮގަސްޓް 15 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި އެކަމަށް ވޯޓަށް އެހުމުން 73 މެންބަރުންގެ ތެރެއިން 71 މެންބަރުން ވަނީ އެކަމަށް ތާއީދުކޮށް ވޯޓު ދީފަ އެވެ.

މިރޭގެ ބައްދަލުވުމުގައި ވަނީ އާދަޔާ ހިލާފު ކޮންގްރެސް ބޭއްވުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީން އެންމެ ފަހުން އެ ޕާޓީގެ އާދަޔާ ހިލާފު ކޮންގްރެސްއެއް ބޭއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު އެވެ. އެ ފަހަރު 1،100 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ކޮންގްރެސް ބޭއްވޭނީ ފަސް އަހަރުން އެއް އަހަރު އެވެ. އެކަމަކު އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަން ވަކި ތާރީހެއް އަސާސީ ގަވައިދުގައި ކަނޑައަޅާފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910