މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ހާއްސަ ތަމްރީނެއް ހުޅުމާލޭގައި ފަށައިފި

ފުލުހުންގެ ހާއްސަ ތަމްރީނެއް ހުޅުމާލޭގައި ފަށައިފި އެވެ.

ތަމްރީން ކުރިއަށްދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ.

މިއަދު މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށް ކުރިއަށްދާ މި ތަމްރީނަކީ ފުލުހުންގެ ސްޕެޝަލް ރެސްޕޮންސް ޓީމްގެ ހާއްސަ ތަމްރީނެކެވެ.

ފުލުހުންގެ ތަމްރީނެއް ހުޅުމާލޭގައި ކުރިއަށްދާތީ އާންމުން ކަންބޮޑުނުވުމަށްވެސް ފުލުހުން އެދިފައިވެ އެވެ.