ޑރ. މުހައްމަދު މުއިއްޒު

ސައުދީ ފަންޑުގެ ސީއީއޯއަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް

ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވައިފި އެވެ.

ސުލްތާން ބިން އަބްދުއްރަހްމާނަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ސައުދީ ފަންޑްގެ ސީއީއޯ ސުލްތާނަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވުމަށް ރައީސް މުއިއްޒު ކަނޑައެޅުއްވީ ސައުދީ ފަންޑުން ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށާއި ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މި ޝަރަފު އަރުވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ދިވެހިރާއްޖޭގެ އިއްޒަތުގެ ޤާނޫނުގެ 3 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910