މީރާ

އައިޖީއެމްއެޗްގައި ތިބި ބަލި މީހުނަށް މީރާގެ މުވައްޒަފުން ހަދިޔާދީފި

Mar 26, 2016

އައިޖީއެމްއެޗްގައި ތިބި ބަލި މީހުންގެ ހާލު ބަލައިލަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން ޒިޔާރަތްކޮށް ބަލި މީހުންނަށް ހަދިޔާ ދީފި އެވެ.

މީރާގެ މުވައްޒަފުން އައިޖީއެމްއެޗަށް ޒިޔާރަތްކޮށްފައި ވަނީ މިއަދު ހަވީރު އެވެ. މި ހަރަކާތުގައި މީރާގެ ހުރިހާ މުވައްޒަފުންނާއެކު އައިޖީއެމްއެޗް ބައެއް މުވައްޒަފުން ބައިވެރިވި އެވެ.

ހާލު ބެލުމުގެ މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާނެވެ.

ކޮމިޝަނާ ޔަޒީދު ވިދާޅުވީ މި ހަރަކާތެއް މުވައްޒަފަހުން ހިންގީ މުޖްތަމައުގައި ނެތެމުންދާ ބަލި މީހުންނަށް ޒިޔާރަތްކުރުމުގެ އާދާ އަލުން ދިރުވާ އާލާކުރުމަށް ކަމަށާއި މީރާއިން މިފަދަ ހަރަކާތްތައް ހިންގުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި މީރާގެ ފަރާތުން ކުރިއަށް އޮތްތަނުގައި ވެސް މުޖްތަމައުއަށް އެހީތެރިވުމަށް މިފަދަ އެކިއެކި ހަރަކާތްތައް ހިންގާނެކަމަށެވެ.