ދުނިޔެ

ބްރަސެލްސް ހަމަލާއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

މިދިޔަ އަންގާރަ ދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ އެއާޕޯޓުގައި ބިން ގޮއްވައި އެތައް ބަޔަކު މަރުވި ހާދިސާ އާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި އެއާޕޯޓު ސީސީ ޓީވީ ފޫޓޭޖުން ފެންނަ ތިން މީހުންގެ ތެރޭގައިވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެފޫޓޭޖުން ފެންނަ އަނެއް ދެމީހުން ވަނީ ހަމަލާގައި މަރުވެފަ އެވެ.

ބެލްޖިއަމްގެ ސަރުކާރުން ވަނީ ހަމަލާދިން ކަމަށް ބުނާ ތިން މީހުންގެ ފޮޓޯ އާންމުކޮށް އެކަކު ހޯދުމަށް އިއުލާން ކޮށްފަ އެވެ. ހޯދުމަށް އިއުލާން ކުރީ ނާޖިމް އެވެ. އާންމުކޮށްފައިވަނީ، ބްރަސެލްސްގެ ޒަވެންޓެމް އެއާޕޯޓަށް ހަމަލާދިން ތިން މީހުންގެ ފޮޓޯ އެވެ.

ޖާނުން ފިދާވެ، އެއާޕޯޓްގައި ހަމަލާދީފައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އެއާޕޯޓްގައި ދެ ގޮވުމެއް ގޮވާފައިވާއިރު، ދެ ގޮވުމުގެ ދެމެދުގައި ހުރީ 20 އަކަށް ސިކުންތެވެ. ޖާނުންފިދާވެ ހަމަލާ ދިނީ ދެ ބެއިން ކަމަށްވާ ހާލިދް އަލް ބަކްރޫއީ އާއި އިބްރާހިމް އަލް ބަކްރޫއީ އެވެ.

މި ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވެފައިވާއިރު މަރުވި މީހުންގެ އަދަދު ޔަގީނެއް ނުވެ އެވެ. ބައެއް މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި މަރުވެފައިވަނީ 31 މީހުންނެެވެ. ބމިހަމަލާގެ ޒިންމާ ވަނީ އައިސިސް އިން އުފުލާފަ އެވެ. ހަމަލާ އާއި ގުޅިގެން ނުވަ މީހުން ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން ދެ މީހުން ހައްޔަރުކޮށްފައިވަނީ ޖަރުމަނުންނެވެ.