ހަބަރު

މާފުށީ ވޯޓާ ސްޕޯޓްސް ސެންޓަރަކުން ބިޔަރު ފުޅިތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

Mar 27, 2016

ގެސްޓް ހައުސް އައިލެންޑްގެ ގޮތުގައި މަޝްހޫރުވެފައިވާ، ކ. މާފުށީގެ ގެއެއް ބަލައިފާސްކޮށް ބިޔަރު ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، 6:30 އެހާކަން ހާއިރު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 39 އަަހަރުގެ ފިރިހެނަކު ކަމަށެވެ. ފުލުހުން ބުނީ ބިޔަރު ފުޅިތައް ފެނިފައި ވަނީ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާފުށީގެ ވޯޓާ ސްޕޯޓްސް ސެންޓަރެއް ހިންގަމުންދާ ގެއެއް ބަލައިފާސްކުރިއިރުގައި ކަމަށެވެ. އެތަނުގެ ތެރެއިން ބިޔަރު 3 ފުޅިއާއި ބިޔަރު ހުސްކުރި 7 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއަށް މާފުށީ ކޯޓުން 5 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.