ހަބަރު

ރާއްޖެގެންނަ ކާބޯތަކެތި ތަހުލީލު ކުރުމުގައި ދަތިތަކެއް ހުރޭ: އެމްއެފްޑީއޭ

ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެތި ރައްކާތެރިކަން ބަލައި ކަށަވަރު ކުރުމުގައި ދަތިތަކެއް ހުރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެމްއެފްޑީއޭ އިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރަންސެއްގައި އެ އޮތޯރިޓީގެ ޑިރެކްޓަރު ޖެނަރަލް ޝަރީފާ އާދަމް މަނިކު ވިދާޅުވީ ބޭރުން އަންނަ ކާނާގެ ޝިޕްމަންޓްތައް ރާއްޖެ ބަނދަރަށް އަންނަ އިރު އެމްއެފްޑީއޭ އިން އެތަކެތީގެ މައްސަލަ ހުރިތޯ ބަލައި ފާސް ކުރާ ކަމަށެވެ. ޝަރީފާ ވިދާޅުވީ ބޭރުން އެތެރެ ކުރާ ކާބޯތަކެތި ތަކެތި ވީހާވެސް އަވަހަކަށް ލަސްނުކޮށް ބަނދަރުން ބޭރުން ކުރަން ޖެހޭތީވެ ގިނަ ވަގުތު ހޭދަކޮށްގެން ފުރިހަމަ ތަހުލީލުތަކެއް ނުކުރެވޭ ކަމަށް ޝަރީފާ ވިދާޅުވި އެވެ.

"ކާޑު ކަހަލަ އެއްޗެހި އިންސްޕެކްޓް ކުރުމުގައި ބައެއް ކަހަލަ ދަތިތައް ހުރޭ. ޖާގައިގެ ދަތިކަމުގެ އިތުރުން ބައެއް ފަހަރު ގުދަނަށް ދިޔައީމަ ގުދަނުގެ ބެލުމުގައި ވެސް ދަތިވޭ،" ޝަރީފާ ވިދާޅުވި އެވެ.

ޝަރީފާ ވިދާޅުވީ ޕޯޓުގައި ކުރާ ތަހުލީލު ތަކުގެ ތެރެއިން އެމްއެފްޑީއޭ އިން ކަނޑައަޅައިފަވާ މިންގަނޑުތަކަށް ނުފެތޭ ތަކެތި ހިފަހައްޓައި ކަމަށެެވެ. ނަމަވެސް އާމުންނަށް އިއުލާން ކުރަނީ ބާޒާރަށް ވިއްކަން ނެރެވޭ ފަހުން މައްސަލަ ފެންމަތިވާ ތަކެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ދިމާލަކުން ބަލަން ޖެހޭ. ކޮންމެ ހިސާބަކުން ވެސް ގޯހެއް ހުރެއްޖެއާ އެހިސާބަކުން ހުއްޓުވާފަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން.
އެކަން ރަނގަޅު ކުރުމަށް މި އޮތޯރިޓީ އިން ކަނޑައަޅައިފަ ހުރި މިނގަނޑުތަކައް އެކަން ކުރަން، މީހުން އެވެއާކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަން،" އޭނާ ވިދާޅުވި އެވެ.

އެމްއެފްޑީއޭ އިން ހާމަކުރި ތަފާސްހިސާބުތަކުން ބުނާ ގޮތުގައި މިދިޔަ އަހަރު އީޔޫގެ ގައުމުތަކުން 5623 އެކްސްޕޯޓް ޝިޕްމަންޓް ސެޓިފައި ކޮށްފައިވެ އެވެ. އަދި ޔޫއެން ފިޔަވާ ދެން އެހެން ސަރަހައްދުގެ ގައުމުތަކުން 4314 ޝިޕްމަންޓް ގެނައުމުން އެމްއެފްޑީއޭ އިން ވަނީ ސެޓިފައި ކޮށްފަ އެވެ.