ރައްޔިތުންގެ މަޖިލިސް

މަޝްރޫއުތައް ލަސްވަނީ ބަޖެޓް ނެތުމުން: ރާފިއު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

މަޝްރޫއުތައް ލަސްވާ އެންމެ ބޮޑު އެއް ސަބަބަކީ މަޝްރޫއަށް ހިނގާ ހަރަދު އެނގެން އޮއްވާ ބަޖެޓްގައި އެ މަޝްރޫއަށް ކުޑަ އަދަދެެއް ޖެހުމަށްފަހު މަސައްކަތް ފަށާތީ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ދެ މިލިއަން ރުފިޔާ ހިނގާ މަޝްރޫއު ތަކަށްވެސް ބަޖެޓްގައި ދެ ލައްކަ ރުފިޔާ ހިމެނުމަށްފަހު މަޝްރޫއު ފަށާފައި އެބަހުރި ކަމަށެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ކޮންޓްރެކްޓަރަށް ދޭންޖެހޭ 15 ޕަސަންޓްގެ އެޑްވާންސް ޕޭމަންޓް ދިނުމަށްފަހު އެ އަހަރުގެ ތެރޭގައި އެ މަޝްރޫއަކަށް ހަރަދުކުރާނެ ފައިސާ ބަޖެޓުގައި ނުހުންނަ ކަމަށެވެ.

ރާފިއު ވިދާޅުވީ މަޝްރޫއެއް ކުރިއަށް ނުދިއުމުން އެ މަޝްރޫއެއް އަވަސްކުރަންޖެހޭނަމަ ފައިސާ ހޯދަންޖެހެނީ އެހެން މަޝްރޫއަކަށް ކަނޑައަޅާފައިވާ ބަޖެޓެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް އެހެން މަޝްރޫއުތަކަކީވެސް ކުރިއަށް ގެންދަންޖެހޭ މަޝްރޫއުތަކަށް ވާތީ އެހެން މަޝްރޫއުތަކަށް ހުންނަ ފައިސާ ނެގުމަކީ އެ މަޝްރޫއެއް ވެސް ލަސްވާނެ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

"މިދެންނެވި ގޮތަށް މަޝްރޫއުތައް ބަޖެޓްކޮށްފައި ހުރުމުން މަޝްރޫއުތައް ހިންގަން ވަރަށް ބޮޑެތި ދަތިތައް އެބަހުރި،" ރާފިއު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފުރަތަމަ ފަހަރަށް މިނިސްޓަރު ރާފިއު މިއަދު މަޖިލިސް ތަޅުމަށް ވަޑައިގަތުމުން މެންބަރުން އެންމެ ގިނައިން ސުވާލު ކުރެއްވީ މަޝްރޫއުތައް ފެށުމާއި އަދި ފަށާފައި ހުރި މަޝްރޫއުތައް ނިންމުން ލަސްވަމުންދާތީ އެކަމާ ގުޅޭގޮތުންނެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓް ހަމަޖެހޭ ގޮތަކަށް ބަލައި މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށާއި ބަޖެޓުގައި ހިމަނާފައިވާ އެ މިނިސްޓްރީގެ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލާނެ ކަމަށެވެ.

"އެބަހުރި އެނގޭތޯ ދެ މިލިއަން ތިން މިލިއަން ރުފިޔާގެ ޕްރޮޖެކްޓަށް ދެ ލައްކަ ތިން ލައްކަ ރުފިޔާ ބަޖެޓްގައި ހިމަނާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ މަޝްރޫއުތަކަށް ބޭނުންވާ ސާމާނުވެސް ކުންފުނިތަކުން ގެންނަނީ ރާއްޖެއިން ބޭރުންނެވެ. އެހެންވެ ބޭރުން ގެންނަންޖެހޭ ބައެއް ތަކެތި ލިބުން ލަސްވެގެންވެސް ބައެއް މަޝްރޫއުތައް ލަސްވެފައި ހުރި ކަމުގައި ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910