ވިޔަފާރި

ރާއްޖޭގައި ފުރަތަމަ ފަހަަރަށް ޓްރެވަލް ފެއާއެއް ބާއްވަނީ

Apr 2, 2016
1
  • ފެއާ އޮންނަނީ އޮގަސްޓް މަހު
  • ރާއްޖޭން ބޭރުގައި ހުރި ފުރުސަތުތައް އެނގޭނެ
  • ޕެކޭޖުތައްވެސް ލިބެން ހުންނާނެ

ރާއްޖޭގައި ފުރަތަމަ ފަހަަރަށް ޓްރެވަލް ފެއާއެއް ބާއްވަން ހައިރައިޒް އިން ތައްޔާރުވާން ފަށައިފި އެވެ.

ގިނަ ފެއާތަކެއް އިންތިޒާމު ކުރަމުން ގެންދާ ހައިރައިޒް އިން ބުނީ މި އަހަރުގެ އޮގަސްޓް 4-6 އަށް ރާއްޖޭގައި ބާއްވާ މި ފެއާގައި ޗުއްޓީއަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޗުއްޓީ ހޭދަކުރަން ދާ މީހުންނަށް ލިބެންހުރި ގިނަ ހިދުމަތްތަކާއި ފުރުސަތުތައް ދައްކާލާނެ ކަމަށެވެ.

"ވެކޭޝަން އެކްސްޕޯ" ގެ ނަމުގައި ބާއްވާ މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޗުއްޓީ ހޭދަ ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބޭނެ އެވެ. މީގެ ތެރޭގައި ޗުއްޓީ ހޭދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖުތައް ވެސް މި ފެއާގެ ތެރެެއިން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހައިރައިޒް އިން ބުނީ މި ފެއާގައި އެއާލައިންތަކާއި ހޮޓާތައް އަދި ގެސްޓް ހައުސްތަކުގެ އިތުރުން އިންޑިޔާ އާއި ސްރީލަންކާ އަދި ސިންގަޕޯ އާއި މެލޭޝިޔާ އަދި ތައިލެންޑުގެ އެކި ފަރާތްތަކުން ވެސް ބައިވެރިވާނެ ކަމަށެވެ.