ހާލާ ހަމީދު

ސުވިސް ކޮންފިޑަރޭޝަންގެ ސަފީރު ކަމަށް ހާލާ އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީއަށް

ސުވިސް ކޮންފިޑަރޭޝަން އަށް ރާއްޖެއިން ކަނޑައަޅައި ނޮން ރެސިޑެންސް ސަފީރު ކަމަށް ހ. މީނާޒް ހާލާ ހަމީދު އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިއަދު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ބޭރު ގައުމުތަކަށް ރާއްޖޭގެ ސަފީރުން ކަނޑައެޅުމަށްޓަކައި، ސުވިސް ކޮންފިޑަރޭޝަން އަށް ރާއްޖެއިން ކަނޑައަޅައި ނޮން ރެސިޑެންސް ސަފީރު ކަމަށް ހ. މީނާޒް ހާލާ ހަމީދު އައްޔަން ކުރެއްވުމަށް ގަސްތުކުރާ ކަމަށާއި އޭނާ އެ މަގާމަށް ހަމަޖެއްސެވުމަށް ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މަޝްވަރާ ހޯދަވާދެއްވާ މަޖިލީހުގެ ނިންމެވުން އަންގަވައި ދެއްވުމަށް އެދޭ ކަމަށެވެ.

އެގޮތުގެ މަތިން މަޖިލީހުގެ ރިޔާސަތުން ނިންމެވީ އެ މަގާމަށް ހަމީދުގެ ކަނޑައެޅުމުގެ މައްސަލަ ދިރާސާ ކުރަން ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ފޮނުވުމަށެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ވެސް ހުންނެވި ހާލާ މިހާރު އަދާ ކުރައްވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމެވެ.