ހަބަރު

ލަންކާ ފަޅުގައި އޮތް ބޯޓެއްގައި ދިވެއްސަކު ދަންޖެހިގެން މަރުވެއްޖެ

ސްރީލަންކާ ފަޅުގައި އޮތް ބޯޓެއްގައި ދިވެއްސަކު ދަންޖެހިގެން މަރުވެއްޖެ އެވެ. އަމިއްލައަށް މަރުވެފައިވަނީ، ހދ. ކުޅުދުއްފުށި، ގަދަބިންފަޅާގެ އަހުމަދު މޫސާ އެވެ.

ތިރީސްއަށް އަހަރުގެ އަހުމަދު މޫސާ މަރުވެފައި ހުއްޓާ ފެނުނީ ލަންކާ ފަޅުގައި އަޅާފައި އޮތް ބޯޓެއް ތެރޭގަ އެވެ. އެމީހާއަކީ އެ ބޯޓުގައި މަސައްކަތްކުރާ މީހެކެވެ.

އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރު އެވެ.