ހަބަރު

ދީނީ އަދި އިޖްތިމާއީ ހަރަކާތައް ހިންގަން ސަލަފުން ފ. އަތޮޅަށް

ރާއްޖޭގެ އަތޮޅުތަކަށް އަމާޒުކޮށްގެން ސަލަފު ޖަމިއްޔާއިން "ރިހްލާ"ގެ ނަމުގައި ކުރިޔަށް ގެންދާ ދީނީ އަދި އިޖްތިމާއީ ހަރަކާތައް ފ. އަތޮޅުގައި ބޭއްވުމަށް އެޖަމިއްޔާއިން ނިންމައިފި އެވެ.

ސަލަފް ޖަމިއްޔާއިން ބުނީ ފ. އަތޮޅުގެ ހުރިހާ ރަށްތަކަށް އަމާޒުކޮށް ކުރިއަށް ގެންދާ ދީނީ ހަރަކާތްތަކުގައި ޖުމުލަ 26 މީހުން ހިމެނޭ ކަމަށާއި އޭގެތެރޭގައި ހަ ޝައިހުންނާއި ހަތަރު ޑޮކްޓަރުން ހިމެނޭނެ ކަމަށެވެ. މާދަމާއިން ފެށިގެން މިމަހު ނުވައަކާއި ހަމަޔަށް ކުރިއަށް ގެންދާ މި ހަރާކާތްތަކުގެ ތެރޭގައި ދީނީ ދަރުސްތަކުގެ އިތުރުން ތަފާތު ގިނަ ވޯކްޝޮޕްތައް ބޭއްވުމަށް ރޭވިފައިވާ ކަމަށާއި މުޅިއަތޮޅަށް ހުޅުވާލެވިގެން ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ކުރިއަށް ދާނެ ކަމަށް އެޖަމިއްޔާއިން ބުންޏެވެ.

ސަލަފް ޖަމިއްޔާއިން ބުނީ އެ ދަތުރުގައި ޝެއިހް އަހުމަދު ސަމީރު އިބްރާހީމްއާއި ޝެއިހު މުހައްމަދު ސިނާންއާއި ޝެއިހް އަހުމަދު މާޖިދުގެ އިތުރުން ޝެއިހް އަހުމަދު ޝުއައިބުއާއި ޝެއިހު އަބްދުﷲ ބިން މުހައްމަދު އިބްރާހީމް އަދި ޝެއިހު އަހުމަދު ސަލީމު ބައިވެރިވާނެ ކަމަށެވެ. އަދި ޤުރްއާން ތިލާވަތާއި ތަޖްވީދުގެ ފަންނު އުގަންނައިދެއްވުމަށް ޤާރީ މުހައްމަދު ތަވްފީގު އަލީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ޑޮކްޓަރުންނަށް ވަޑައިގަންނަވާނީ ޑރ. ޔޫސުފް ޝާންއާ އާއި ޑރ. އިބްރާހީމް ޝިހާމްއާއި ޑރ. ތާރިގް މަޖީދު އަދި ޑރ. އަބްދުލް އަޒީޒް ކަމަށް އެޖައްމިޔާއިން ބުންޏެވެ.