ހަބަރު

ކަންނެލި ދޯންޏެއް އަޑިއަށް ގޮސް ބަޔަކަށް އަނިޔާ ވެއްޖެ

ދ. ކުޑަހުަދޫ ކައިރިން އެންސިސް ފިޝަރީޒްގެ ކަންނެލި ދޯންޏެއް އަޑިޔަށް ގޮސް އޭގައި ތިބި ބަޔަކަށް އަނިޔާ ވެއްޖެ އެވެ. “އެން ސިސް 104” ނަމަކަށް ކިޔާ މި ދޯނި އަޑިޔަށް ދިޔަ އިރު އޭގައި 10 މީހުން ތިއްބެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 02:30 ހާއިރު ބޯޓުގެ ކަނާތް ފަލްކާ ފަޅައިގެންގޮސް ޓޭންކަކަށް ފެން ވަނުމުގެ ސަބަބުން ކުޑަހުވަދުއާ ގާތްގަނޑަކަށް 50 ވަރަކަށް މޭލު ބޭރަށް ދޯނި އަޑިއަށްދިޔަ ކަމަށެވެ. އޭގައި ތިބީ ނުވަ ބިދޭސީންނާއި އެއް ދިވެއްސެއް ކަމަށް ފުލުހުން ބުންޏެވެ. މި މީހުންގެ ތެރެއިން ބައެއް މިހުންނަށް ކޮންމެވެސް ވަރަކަށް އަނިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެމީހުން ދ. ކުޑަހުވަދުއަށް ގެންނާނެ ކަމަށް ފުލުހުން ބުންޏެވެ.

"އެމީހުން ތިބި ބޯޓު އަޑިއަށް ދިއުމާއެކު ބޯޓުގައި ތިބި އެންމެންވެސް ވަނީ ލައިފްރާފްޓަށް އަރައިފައި. އަދި ރޭ ފަތިހު 4:30 ހާއިރު ލައިފްރާފްޓް ގައި ހުރި ފްލެއާ ބޭނުންކޮށްގެން ހާލުގައި ޖެހިފައިވާކަން އެންގުމަށް އެމީހުންވަނީ ފްލެއަރ އަރުވާފަ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ފްލެއާ އެރުވި މަންޒަރު ދުށް ހއ. ތުރާކުނު، ބްލޫ ފިޝް 1 ނަމަކަށް ކިޔާ ދޯންޏެއް،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނިޔާވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޯޓު އޮޕަރޭޓްކުރާ ކުންފުންޏާ ގުޅިގެން އެމީހުން މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.