ހަބަރު

އޮޕަރޭޝަން ކުރަން ހޭނެއްތި މީހާ، ހޭނާރާ އޮވެ މަރުވެއްޖެ

Apr 7, 2016

ގަމު ރީޖަނަލް ހޮސްޕިޓަލްގައި އޮޕަރޭޝަނެއް ކުރުމަށް ހޭނެއްތި ފަހުން ހޭނާރައި އޮތް އަންހެން މީހާ، މިއަދު އައިޖިއެމްއެޗްގައި މަރުވެއްޖެ އެވެ.

ހޭނައްތާ އިންޖެކްޝަން ޖެހިފަހުން 24 ދުވަސްވީ އިރު ވެސް ހޭނާރާ އޮތުމަށް ފަހު މިއަދު ހެނދުނު މަރުވެފައި ވަނީ ލ. ގަން، ގުލްއަލާގެ، މަސީހާ އަބޫބަކުރު، 39 އެވެ. ކީލިފަތްދަށުގައި ލާފައި ހުރި ގަނޑެއް ނެގުމަށް އޮޕަރޭޝަން ކުރުމަށް މަސީހާ ހޭނެއްތީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހު ވެސް ހޭނޭރުމުން އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގައި އައީ ފަރުވާދެމުންނެވެ.

އައިޖީއެމްއެޗުން ބުނީ، މަސީހާގެ ސިކުނޑި އެއްގޮތަކަށް ވެސް މަސައްކަތް ނުކުރާ ކަމަށެވެ.