ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ ދައުރު އުނި ކުރާ އިސްލާހު ފާހެއްނުވި

Apr 18, 2016

ކައުންސިލް ތަކުގެ ދައުރު ގާނޫނު އަސާސީން އުނި ކުރަން ހުށަހެޅި އިސްލާހު މަޖިލީހުން ފާހެއް ނުވިއެވެ.

މިއަދު އޮތް މަޖިލީހުގައި މި ބިލް ފާސް ކުރުމަށް ވޯޓު ދެއްވާފައިވަނީ 44 މެންބަރުންނެވެ. އަދި ބިލާއި ދެކޮޅަށް 22 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

މިއީ ގާނޫނު އަސާސީއަށް ގެންނަން ހުށަހެޅި އިސްލާހެކެވެ. މި ބިލު ފާސް ކުރުމަށް 64 މެންބަރުންގެ ވޯޓު ބޭނުންވެއެވެ. އެހެން ކަމން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހާއި ގުޅިގެން މި ބިލު މިހާރު ވަނީ ބާތިލު ވެފައެވެ.