ރައްޔިތުންގެ މަޖިލިސް

ސުވިސް ސަފީރު ކަމަށް އައްޔަން ކުރަން ހާލާއަށް ރުހުންދީފި

Apr 18, 2016
1

ސުވިޒަލޭންޑަށް ރާއްޖެއިން ކަނޑައަޅައި ނޮން ރެސިޑެންސް ސަފީރު ކަމަށް ހ. މީނާޒް ޑރ. ހާލާ ހަމީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރުހުން ދީފި އެވެ.

ހާލާ މި މަގާމަށް އައްޔަންކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން ސުވިޒަލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެސިޑެންސް ސަފީރު ކަމަށް ހާލާ އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

ހާލާ މި މަގާމަށް އައްޔަންކުރަން އެކަމަނާއަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. އެކަމަނާ މިވަގުތު ހުންނެވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްގެ މަގާމުގަ އެވެ.