ވިޔަފާރި

ރާއްޖޭގައި ރިސޯޓު ހިންގާ އައުޓްރިގާ ކުންފުނިން ހޮޓެލް އެލަޔަންސާ ގުޅިއްޖެ

Apr 20, 2016

ރާއްޖޭގައި ރިސޯޓު ހިންގާ އައުޓްރިގާ ކުންފުނިން ގްލޯބަލް ހޮޓެލް އެލަޔަންސް (ޖީއެޗްއޭ) އާ ގުޅިއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައިވާ ގޮތުން 550 ހޮޓާ ތަމްސީލްކުރާ މި ޖަމިއްޔާ އަށް އައުޓްރިގާ ކުންފުނިން ގުޅުމާ ގުޅިގެން އެ ކުންފުނީގެ ދަށުގައި ތިބި ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރާ ޓޫރިސްޓުންނަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

ޖީއެޗްއޭ އަށް އައުޓްރިގާ ކުންފުނިން ގުޅުމާ ގުޅިގެން ކުންފުނީގެ ސީއީއޯ ޑޭވިޑް ކެރީ ވިދާޅުވީ ގިނަ ހޮޓާތަކެއް ހިމެނޭ ވިއުގައަކާ ގުޅިގެން އާ މާކެޓުތައް ހޯދުމަށް ފަސޭހަވާނެ ކަމަށެވެ.

އައުޓްރިގާ ރިސޯޓުގެ ދަށުން ނުވަ ޕްރޮޕަޓީއެއް ހިންގަމުންދެ އެވެ. މި ކުންފުނިން ރިސޯޓު ހިންގާ ގައުމުތަކުގެ ތެރޭގައި ހަވާއީ އާއި ފިޖީ، ގުއާމް އާއި މޮރިޝަސް އަދި ރާއްޖެ އާއި ތައިލެންޑް ހިމެނެ އެވެ.

އައުޓްރިގާ ކުންފުނިން ރާއްޖޭގައި ހިންގަނީ ގދ. ކޮނޮއްޓާ ރިސޯޓެވެ. މި ރިސޯޓު ހުޅުވާފައިވަނީ މިދިޔަ އަހަރެވެ.