ޓީސީ ސްޕޯޓްސް ކުލަބްގެ އާ ޖޯޒީ ރޭ ދައްކާލައިފިއެވެ. އެ ކުލަބުން މި އަހަރާއި، އަންނަ އަހަރު ބޭނުންކުރާ ޖޯޒީ އަކީ ގްރޭންޑް ސްޕޯޓްސް ބްރޭންޑްގެ ޖޯޒީއެކެވެ.
ޓީސީގެ އާ ޖޯޒީ އެކުލަބާ ހަވާލުކޮށްދެއްވީ އެ ބްރޭންޑްގެ ޖޯޒީ ވިއްކާ އޯލް ސްޕޯޓްސްގެ ޗެއާމަން ވިލުފުށީ ދާއިރާގެ މަންބަރު ރިޔާޒު ރަޝީދުއެވެ.
އޯލް ސްޕޯޓްސް އިން ބުނީ ޓީސީ ސްޕޯޓްސް ކުލަބުން މިއަހަރު ބޭނުންކުރާ ޖޯޒީއަކީ ކުޅުންތެރިންގެ ގަޔަށް ފަސޭހަ، އަދި ހާއްސަ މެޓީރިއަލްއަކުން ތައްޔާރުކޮށްފައިވާ ޖަޒީއެއްކަމަށެވެ.