ދިވެހި ޕްރެމިއާ ލީގް

ސަސްއާއެކު މޯހަންގެ ފުރަތަަމަ މޮޅުން ހަމަޖެހުމެއް

ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސްޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ލީގްގައި ހަމަޖެހުމެއް ލިބިއްޖެ އެވެ.

ސަސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ޓީސީގެ މެޗަށް ނުކުތީ، އޭނާގެ ކުރީގެ ޓީމު ކުލަބު އީގަލްސް އަތުން ބަލިވުމުގެ ހިތްދަތި ކަމާއެކު އެވެ. އމިރޭގެ މެޗުގެ ނަތީޖާއިން އޭނާއަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެ އެވެ. މިއީ މޯހަން އާއެކު ސަސްއިން ހޯދި ފުރަތަމަ މޮޅެވެ. ކުރިން ފަހަތުން ދެ ވަނައިގައި އޮތް ސަސް ވަނީ މެޗުން މޮޅުވެ ހަ ވަނައަށް ޖެހިލާފަ އެވެ.

މެޗުގައި ސަސްގެ ލަނޑު 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު އައިހަމް އެވެ. ޓީސީގެ ހާފުގެ ތެރެއިން ސަސްގެ ކުޅުންތެރިން ނަގައިދިން ބޯޅަ އައިހަމް ހޯދީ ޓީސީގެ އޭރިއާގެ ތެރެއިންނެވެ. އޭރިއާގެ އަރިމަތިން އަރައި އޭނާ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.