ރައްޔިތުންގެ މަޖިލިސް

މަޖިލިސް ޗުއްޓީއަށް ގޮސްފި

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ހަމަވާން 10 ދުވަހަށް ވެފައި އޮއްވާ ޗުއްޓީއަށް ގޮއްސި އެވެ.

މަޖިލިސް ޗުއްޓީއަށް ދިޔަނަމަވެސް މަޖިލީހުގެ އަމީންއާމް އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މަޖިލީސް ޗުއްޓީއަށް ދާކަން އިއްޔެ އިއުލާން ކޮށްފައި ނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ނަމަވެސް ނަން ހާމަކުރަން ބޭނުން ނުވާ ބައެއް މެންބަރުން ވަނީ މަޖިލީހުގެ މެންބަރުން މިއަދުން ފެށިގެން ޗުއްޓީއަށް ގޮއްސަފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.

މަޖިލީހުގެ ޖަލްސާތަކުގެ ފުރަތަމަ ދައުރު ހަމަވާން 10 ދުވަހަށް ވެފައި އޮއްވާ މެންބަރުން ޗުއްޓީއަށް ގޮސްފައިވީ ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި މެންބަރުން މަސައްކަތް ކުރީ ވީހާވެސް އަވަހަށް މަޖިލީހުގެ މަސައްކަތް ނިންމުމަށެވެ. މަޖިިލީހުގެ ޗުއްޓީ ޖުލައި މަހުގެ ފުރަތަމަ ހަފުތާއާ ހަމައަށް ދެމިގެންދާނެ ކަމަށްވެއެވެ.