ބަންގްލަދޭޝް

ބަންގްލަދޭޝްގެ ޕްރޮފެސަރަކަށް ހަމަލާދީ މަރާލައިފި

ބަންގްލަދޭޝްގެ ރާޖްޝާހީގައި އިނގިރޭސި ކިޔަވައިދޭ ޕްރޮފެސަރަކަށް ހަމަލާދީ މަރާލައިފި އެވެ. މަރާލާފައިވަނީ 58 އަހަރުގެ ރަޒައުލް ކަރީމުލް ސިއްދީގް ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސިއްދީގު މަރާލާފައިވަނީ އޭނާ ދިރިއުޅޭ ރާޖްޝާހީ އަވަށުން ބަސް ސްޓޭޝަނަށް ހިނގާފައި ދަނިކޮށް އޭނާގެ ފަހަތުން ގޮސް ކަރުގައި ހިފައިގެންނެވެ. ސިއްދީގު މަރާލި ސަބަބެއް އަދި ކަށަވަރު ވެފައެއް ނުވެފަ އެވެ. އަދި އޭނާ އަށް ހަމަލާދިން ބަޔަކުވެސް ހޯދިފައެއް ނުވެ އެވެ.

ފުލުހުން ބުނީ ސިއްދީގު މަރާލާފައިވަނީ ބަންގްލަދޭޝްގައި އެގޮތަށް މަރާލި އެހެން މީހުންނެކޭ އެއް ސަބަބެއް އޮވެގެން ކަމަށް ބެލެވޭ ކަމަށެވެ. މީގެކުރިން ވަނީ ބްލޮގަރުން އަދި އޮންލައިން އެކްޓިވިސްޓުންތަކެއް މަރާލާފަ އެވެ. އެމީހުން މަރާލާފައިވާ ކަމަށް ބެލެވެނީ ދީނަށް ފުށުއަރާފަދަ ވާހަކަތަކެއް ފަތުރައިގެން ކަމަށްވެ އެވެ.

ސިއްދީގަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހެއް ނޫން ކަމަށާއި ދާދިފަހުން އޭނާ ވަނީ މިއުޒިކް ސްކޫލެއް ހުޅުވާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
.