ޓޫރިޒަމް

ދުބާއީ އޭޓީއެމް ފެއާގައި ރާއްޖޭގެ 50 ކުންފުނި

Apr 26, 2016

ދުބާއީގައި ކުރިއަށްދާ އެރޭބިއަން ޓްރެވަލް މާޓް (އޭޓީއެމް) ފެއާގައި ރާއްޖޭގެ 50 ކުންފުންޏަކުން ބައިވެރިވެރިވެ ތަމްސީލް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުްސީ) އިން ބުނެފި އެވެ.

ދުބާއީގައި މި މަހުގެ 25-28 ގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ 50 ކުންފުންޏަކުން 100 މީހުން ބައިވެރިވެފައިވެ އެވެ. ދުބާއީ އިންޓަނޭޝަނަލް އެންޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ މި ފެއާއަކީ މި ގޮތުން ބާއްވާ 22 ވަނަ ފެއާ އެވެ.

މެދުއިރުމައްޗަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ސަރަހައްދެވެ. އެ ސަރަހައްދުން ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރު ވަނީ 12.8 ޕަސެންޓް އިތުރުވެފަ އެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ މެދުއިރުމަތިން ފެބްރުއަރީ މަހުގެ ނިޔަލަށް 7،073 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.