ފޮރިން މިނިސްޓްރީ

ޔޫއޭއީގެ ފޮރިން މިނިސްޓަރު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ

May 3, 2016

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ޚާރިޖީ ވަޒީރު ޝެއިޚް އަބްދުﷲ ބިން ޒައިދް ބިން ސުލްތާން އަލް ނަހްޔާން މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.

ިމިއަދު ފޮރިން މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ މާދަމާގެ ވަގުތެއްގައި ޝެއިޚް އަބްދުﷲ ބިން ޒާއިދް ބިން ސުލްތާން އަލް ނަހްޔާން ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

އެކަމަނާ ވިދާޅުވީ މި ދެ ގައުމަކީ ގާތް ގުޅުންތަކެއް ބަދަހިކުރަމުން އަންނަ ދެ ގައުމު ކަމަށާއި ޔޫއޭއީން ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދީފައިވާ ކަމަށެވެ. އަދި، އިތުރު ދާއިރާތަކުން އެގައުމުގެ އެހީތެރިކަން ލިބޭނޭ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޝެއިޚް އަބްދުﷲ މާދަމާ ރޭ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ ދައުވަތަކަށް ކަމަށާއި މި ދަތުރުގައި ދެގައުމުގެ މެދުގައި އޮތް ގުޅުމާއި މެދު މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.