މޫސާ ޒަމީރު

މިނިސްޓަރު ޒަމީރު ޖަރުމަނަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނަށް ވަޑައިގެންފި އެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ 60 ވަނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ބައެއް ގައުމުތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

"ފްރޮމް ޕޮކެޓް ޓު ޕްލެނެޓް: ސްކޭލިން އަޕް ކްލައިމެޓް ފައިނޭންސް"ގެ ނަމުގައި ކުރިއަށްދާ މި ކޮންފަރެންސްގެ ތެރެއިން މިނިސްޓަރު ޒަމީރު ބައެއް ގައުމުތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

އަހަރަކު އެއް ފަހަރު ބާއްވާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސަކީ ބައިނަލްއަގްވާމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެއް ކޮންފަރެންސެވެ.