ހަބަރު

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވައްކަންކޮށްފި

މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވައްކަންކޮށްފި އެވެ. މި ވައްކަން ކޮށްފައިވަނީ ވިއު ނެޓް ކޮމްޕިއުޓާސް ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑުގެ ބޮޑުބައެއް ތަޅާލައިގެނެވެ.

ފުލުހުން ބުނީ ރޭ މެންދަމު އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ ވައްކަމުގެ ދެ ފޯނާއި ތިން ލެޕްޓޮޕް ނަގާފައިވާ ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.