އެލްޖީއޭ

ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭން އެކުލަވައިލަން މީހުން ތަމްރީންކުރަން ފަށައިފި

އަންނަ އަހަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރު ކުރަން ފަންނީ މީހުން ތައްޔާރުކުރުމުގެ މަސައްކަތް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފަށައިފި އެވެ.

އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން 42 މީހުންނާއި އެލްޖީއޭގެ މުވައްޒަފުންގެ ތެރެއިން 16 ޓްރޭނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިއަދު ކ. ތުލުސްދޫގަ އެވެ. ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެލްޖީއޭއިން ބުނީ އެ ޕްރޮގްރާމުގެ ބައިވެރިންނަށް ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލާ ފައިނެންޝަލް ޕްލޭނާއި ތަރައްގީގެ ޕްލޭން އެކުލަވައިލަން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި ކަންތައްތަކާބެހޭ މައުލޫމާތު ދޭނެ ކަމަށާއި ޕްލޭން އެކުލަވައިލަން ބޭނުންވާ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދާނެ ގޮތްތަކާއި ބެހޭ ފަންނީ މައުލޫމާތުވެސް ދޭނެ ކަމަށެވެ.

އދ. އިން އެކަށައަޅާފައިވާ ސަސްޓައިނަބަލް ޑިވޮލޮޕްމަންޓް ގޯލްސް ތަކަށް އަމާޒުކޮށްގެން ފަށާފައިވާ މި ޕްރޮގްރާމް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާނެ އެވެ.