ފ. އަތޮޅު

ފ. އަތޮޅު ކައުންސިލްގެ 20 މުވައްޒަފަކު ލަންކާއަށް!

ފ. އަތޮޅު ކައުންސިލް އިދާރާ
0%
0%
0%

މުޅި ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައި ވަނިކޮށް ފ. އަތޮޅު ކައުންސިލުގެ ހަރަދުގައި އެ އިދާރާގެ 20 މުވައްޒަފަކު ސްރީލަންކާއަށް ފޮނުވަން ހަމަޖައްސައިފި އެވެ.

އެންމެ ހިންގުންތެރި ކައުންސިލްގެ އެވޯޑްވެސް ހޯދާފައިވާ ފ. އަތޮޅު ކައުންސިލްގެ 20 މުވައްޒަފުން ލަންކާއަށް ފޮނުވަނީ ކައުންސިލްގެ ބަޖެޓުން 150،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކޮށްގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިދަތުރާ ގުޅިގެން މައުލޫމާތު ސާފުކުރަން ގުޅި ނަމަވެސް ކަމާ ގުޅޭ ބޭފުޅަކު ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ފ. އަތޮޅު ކައުންސިލްގެ ބައެއް މުވައްޒަފުންގެ ފަރާތުން އަވަސްއަށް އެނގިފައިވާ ގޮތުގައި އެ ކައުންސިލްގައި ތިއްބަވާ 35 މުވައްޒަފުންގެ ތެރެއިން 20 މުވައްޒަފަކު ލަންކާއަށް ދަނީ ތަޖުރިބާ ހޯދުމަށާއި ޗުއްޓީ ހޭދަކޮށްލުމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން މިވަގުތު ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރުމަށާއި ހަރަދު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ވަނީ ކައުންސިލްތަކަށްވެސް އަންގާފަ އެވެ. ނަމަވެސް ބައެއް ކައުންސިލްތަކަށް ލިބޭ ފައިސާ ބޭނުންކޮށްގެން ތަޖުރިބާ ހޯދުމުގެ ނަމުގައި ބައެއް ކައުންސިލަރުން ޔޫއޭއީ އާއި ތައިލެންޑާއި ތުރުކީ ފަދަ ގައުމުތަކަށް ދަތުރުކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ފެންމަތިކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910