ހައުސިން ޔުނިޓް

ހުޅުމާލޭ ހިޔާވަހި ފްލެޓް އަލުން ކުރަހަން ހުޅުވާލައިފި

ހުޅުމާޅޭގައި އަޅަން ނިންމާފައިވާ "ހިޔާވެހި" ފުލެޓު ކުރަހައިދޭނެ ފަރާތެއް ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.

އެޗްޑީސީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހިޔާވެހި ފްލެޓުތައް ކުރެހުމާއި ބީއޯކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކޮށްފައިވާ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދާ ކަމަށެވެ.

އެހެން ކަމުން އެޗްޑީސީ އިން ދޭ މައުލޫމާތާއި އެއްގޮތަށް ކުރެހުމާއި ބީއޯކިއު ހަދައިދޭން ޝައުގުވެރިވާ ފަރާތްތައް އަންނަ ހޯމަ ދުވަހު އެ ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް ފަހު މިމަހު 22 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެ އޮފީހަށް އައުމަށެވެ.