މަސްތުވާތަކެތި

މަސްތުވާތަކެއްޗާއެކު ކުޑަ ދެކުއްޖަކު ހައްޔަރުކޮށްފި

May 12, 2016
1

މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅާއެކު ކުޑަ ދެކުއްޖަކު ގއ. ގެމަނަފުށިން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ 17 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖެކެވެ. ފުލުހުން ބުނީ އެ ދެ ކުދިން ހައްޔަރުކުރީ ދެ ކުދިންގެ އަމަލުތަކަށް ތުހުމަތުކުރެވިގެން މިދިއަ ކުޑަކުދިން ދުވަހު ކަމަށެވެ.

އެ ދެކުދިން އުޅެމުންދިޔަ ކޮޓަރި ބަލައިފާސް ކުރިއިރު މަސްތުވާތަކެތި ފެނުނު އިރު ދެކުދިންގެ ބަންދަށް ވެސް ވަނީ މުއްދަތު ދީފައެވެ.