މަސްތުވާތަކެތި

މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކު 17 އަހަރުގެ ފިރިހެން ކުއްޖަކު ގއ. ގެމަނަފުށިން ހައްޔަރުކޮށްފި އެވެ.

އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ އިއްޔެ 15:30 ގަ އެވެ.

ފުލުހުން ބުނީ އެކުއްޖާ އަތުން މަސްތުވާތަކެތި ފެނުނީ އޭނާ ބަލައި ފާސްކުރިއިރު، ލައިގެންހުރި ގަމީހުގެ އަތްކުރީގައި އޮޅާފައިވާ ބައިގައި ފޮރުވާފައިވަނިކޮށް ކަމަށެވެ. މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗިހި އަޅާފައިހުރީ ސުޕާރީ ހުސްކުރި އުރައެއްގައި ކަމަށް ވެސް ބުންޏެވެ.